އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 2012 ވަނަ އަހަރު ހިނގި ގޭންގް ރޭޕްގައި ރޭޕްކުރުމަށްފަހު އަންހެން ކުއްޖަކު މަރާލިކަމުގެ ތުޙުމަތު ސާބިތުވެފައިވާ ހަތަރު މީހަކަށް އިއްވާފައިވާ މަރުގެ ޙުކުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ތާޢީދުކޮށްފި އެވެ.
އެ ހަތަރު މީހުނަށް މަރުގެ ޙުކުމް އިއްވާފައިވަނީ 2013 ވަނަ އަހަރު އެވެ. އެ ހާދިސާގައި ތުޙުމަތު ކުރެވިގެން ޖުމްލަ ހަ މީހަކު ހައްޔަރުކުރި އެވެ. އެގޭ ތެރެއިން އެކަކުވަނީ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވެފަ އެވެ. އަދި ދެން ހުރި 17 އަހަރު ފިރިހެން ކުއްޖާވަނީ ރީފޯމް ފެސިލިޓީގައި ތިން އަހަރު ބެހެއްޓުމަށްފަހު ދޫކޮށްލާފަ އެވެ.
އެ ގޭންގު ރޭޕާއި ގުޅިގެން ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި މަގުތަކުގައި ބޮޑެތި މުޒާހަރަތަކެއްވެސް ކޮށްފައިވެ އެވެ. އަދި އެ ޤައުމުގެ ސަރުކާރުން އެ ހާދިސާއާއި ގުޅިގެން ރޭޕްގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއްވެސް ގެނަ އެވެ.
ޖިޔޮތީ ސިން ކިޔާ 23 އަހަރުގެ ފިޒިއޯތެރަޕީ ކިޔާވާ އެ އަންހެން ކުއްޖާ ރޭޕްކޮށްފައިވާނީ އޭނާގެ ފިރިހެން ރަޙުމަތްތެރިޔާކާއި އެއްކޮށް ފިލްމެއް ބަލަން ގޮސް، ފިލްމު ނިންމާފައި ގެއަށް ދިއުމަށް އެރި ބަހެއްގެ ތެރޭގަ އެވެ. އެ ފިރިހެން ކުއްޖާއަށްވެސް ވަރަށް ބޮޑެތި ޒަޙަމްތަކެއް ލިބިފައިވެ އެވެ.
ޖިޔޮތީ މަރުވީ އޭނާއަށް ލިބުނު ޒަޙަމްތަކަށް ހޮސްޕިޓަލުގައި ފަރުވާކުރަމުން ދަނިކޮށް 13 ދުވަސް ފަހުނެވެ.
“ދިއްލީ ގޭންގް ރޭޕް” ގައި ހިމެނޭ މީހުންގެ މަރުގެ ހުކުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ތާޢީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ