ރައީސްގެ މަންދޫބެއްގެ ގޮތު އާސިމް ކުވެއިތަށް

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ކުވެއިތަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައީސްގެ މަންދޫބެއްގެ ގޮތުން މިނިސްޓަރު އާސިމް ކުވެއިތަށް ވަޑައިގަތީ ދެ ގައުމު ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ކަމަށެވެ. ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން އަދިއެއް ނުދެ އެވެ.
އާސިމް ކުވެއިތަށް ވަޑައިގެންފައިވާ އިރު އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހު ވަނީ ބަންގްލަދޭޝަށް ވެސް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ