މުއިއްޒުގެ ކާމިޔާބީ ފާހަގަ ކުރަމުން ދަނީ ޗައިނާގެ ކޮމިއުނިސްޓު ސަރުކާރުން! މާ ދުރުގައި އޮތް ޗައިނާއިން ދަނީ، ރާއްޖެ މެދުވެރިކޮށް، މި ސަރަހައްދުގައި ހަމަ ނުޖެހުން އުފައްދަމުން!

މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން އެކަމާއި އުފާ ފާޅުކޮޮށްފި އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން މިމަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުުކުރި އިރު، އިންތިހާބުގެ ފަހުން އެޕާޓީއާ ގުޅުނު މެމްބަރުންނާ އެކު ޖުމްލަ 76 މެމްބަރުން ތިއްބަވާނެ އެވެ.
އެ ކާމިޔާބީއާ ގުޅިގެން ޕީޕަލްސް ޑެެއިލީގައި ލިޔުނު އެޑިޓޯރިއަލްއެއްގައި ބުނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެ ކާމިޔާބީގެ ހެޔޮ އަސަރުކުރާނެ ކަމަށެވެ. މި އިންތިހާބުގެ ނަތީޖާއިން ދޭހަވަނީ “ޖިއޯޕޮލިޓިކަލް ހަމަނުޖެހުމެއްގައި ބެދިފައި ތިބުމުގެ ބަދަލުގައި” އިގުތިސާދީ ތަރައްގީއަށް ދިވެހިން ބޭނުންވާ މިންވަރު ކަމަށް އެ ލިޔުމުގައި ސިފަކޮށްފައިވެ އެވެ.
ނަމަވެސް އިޤްތިޞާދީ ތަރައްޤީގެ ބަދަލުގައި ރާއްޖެ ދަނީ މާދުރުގައި އޮތް ޗައިނާ އަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލޭހެން ބަރޯސާ ވަމުންނެވެ. ރާއްޖޭގެ އެތައް މުހިންމު ޕްރޮޖެކްޓްތަކާއި 3 ރަށެއް ލާމު އަތޮޅުން ޗައިނާ އަށް 99 އަހަރަށް ދީފައި ވުމަކީ މިކަމުގެ އެއް ހެއްކެވެ.
ޗައިނާއިން ރާއްޖެއާއި އަޅާގަނެގެން އުޅެނީ އަވަށްޓެރި ޤައުމެއް ގޮތުގައި އިންޑިޔާ އޮތުމުންނެވެ. މުއިއްޒު ރީތިވެގެން ނުވަތަ މުއިއްޒުގެ ވެރިކަން ކުރުމުގެ ވައްޓަފާޅި މޮޅުވެގެން ނޫނެވެ. ޗައިނާ އިން ކުރަމުންދާ މަސައްކަތަކީ ރާއްޖެއާއި އިންޑިޔާއާއި އޮތް ޒަމާންވީ ގުޅުން ނުތަނަވަސް ކުރުމެވެ. އަވަށްޓެރިން ޖެއްސުމެވެ. އިންޑިޔާގެ ހަތުރަކަށް ރާއްޖެ ހެދުމެވެ. މިކަމުގެ ސަބަބުން ސަރަހައްދީ މައްސަލަތަކަށް އިންޑިޔާގެ ސަމާލުކަން ހުއްޓި، އިންޑިޔާ އާއި ރާއްޖޭގެ ތަރައްޤީ އަށް ބުރޫ އަރާ، ހަނގުރާމައެއް ފެށޭ ވަގުތެއްގައި ރާއްޖެ ބިރުވެރި ހާލަތަކަށް ވެއްޓިގެން ދާނެއެވެ. މިކަމަށް ޗައިނާއަށް ވާގިވެރިވަމުން ދަނީ އިންތިހާއަށް ކޮރަޕްޓް މުއިއްޒެވެ.
މުއިއްޒުގެ ނާގާބިލު ކަމާއި، ދުނިޔޭގައި މުއިއްޒު އެކަނެވެރިވެފައިވާ ވުމުން، އެންމެ ބޮޑު ފައިދާއެއް ނަގަނީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުންނެވެ. މުއިއްޒު ވަނީ މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށް އެތައް މިލިއަން ޑޮލަރެއް ޗައިނާ އަތުން ނަގާފައެވެ.
“މިހާ ބޮޑު އިންތިހާބީ ކާމިޔާބީއެއްގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބާރުވެރިކަން ވަރުގަދަވާނެ. އެއީ ދާހިލީ އަދި ހާރިޖީ ސިޔާސުތައް ތަންފީޒުކުރުމުގެ މަސައްކަތަށް ފައިދާކުރާނެ ކަމެއް،” ޗައިނާގެ ފޮރިން މިނިސްޓްރީންގެ ތަރުޖަމާނު ވާންގް ވެންބިން އުފަލުން ވިދާޅުވެފައި ވެއެވެ. ޗައިނާއަށް ނަހަމަ ފައިދާ ތަކެއް ނުވާނަމަ މިވަރު އީދެއް އައިސްގެން އުޅެންވީ ސަބަބެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ