އަބްދުﷲ ސައީދުގެ އާއިލާއާއި އިބޫއާއި ފައިސަލް ބައްދަލު ކުރައްވައިފި

ކުރީގެ އުއްތަަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގެއަށް ވަޑައިގެން އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހިމް ސޯލިހުއާއި ރަނިންމޭޓު ފައިސަލް ނަސީމް ސައީދުގެ އާއިލާއާއި ބައްދަލު ކުރައްވައިފިއެވެ.
އިބޫ އާއި ފައިސަލް އަބްދުﷲ ސައީދުގެ ގެއަށް ވަޑައިގެންނެވީ ޑޯޓުޑޯ ކެމްޕެއިންގެ ތެރެއިން މިއަދު ހުޅުމީދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިންނެވެ.
އަބްދުﷲ ސައީދުގެ ގެއަށް ވަޑައިގެން ބައްޕާފުޅާއި އަދި އާއިލާގެ މެންބަރުންނާއި އިބޫ އާއި ފައިސަލް ވަނީ ވާހަކަ ދައްކަވާފައެވެ.
އިބޫ އާއި ފައިސަލުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އިދިކޮޅު ކޯލިޝަނުގެ ބައެއް މެމްބަރުން ވެސް ވަނީ އެގެއަށް ވަޑައިގެންފައެވެ.
ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް ރިޝްވަތު ނަގައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ކުރަމުންދާ އިރު އެ ދެ ބޭފުޅުންގެ މަގާމު ގެއްލިފައިވާ ކަމަށް މިހާރުވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ