މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް!

މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގެ ދެކުނު ސްޓޭޓްތަކުގައި ހިނގި އެކި އެކި ޙާދިސާތަކުގައި މަރުވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކަށް ވަނީ ގަދަވަޔާއި އެކު ވިއްސާރަވެހި ފެންބޮޑުވުމުގެ ޙާދިސާތައް ހިނގާފައިވެއެވެ. މީގެ އިތުރުން އެކި ސްޓޭޓްތަކަށް ވަނީ ނަގޫރޯޅިތަކެއް ވެސް އަރާފައެވެ. މި ޙާދިސާތަކުގައި ގިނަ މީހުން މަރުވެފައިވަނީ މިސިސިޕީ ސްޓޭޓުންނެވެ. އެސްޓޭޓްގެ 10 މީހުން މަރުވި އިރު ޓެކްސެސްގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ.އެެމެރިކާގެ މޫސުމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޓެކްސަސްއާ އޮކޮލޮހޯމާ ސްޓޭޓަށް ވަރުގަދަ ސްނޯގެ ތޫފާނެއް އައުމަކީ އެކަށިގެންވާ ކަމެއް ކަމުން މިކަމަށް އެސްޓޭޓްތަކުގެ ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ