މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ
ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޯލްޑިވްސް
މީޓިއޮރޮލޮޖިކަލް ސަރވިސް، މެޓް އޮފީހުން ޔެލޯ އެލަރޓް ނެރުއްވައިފިއެވެ.
ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު
ބާރަގަޑި ތިރީހުން ފެށިގެން ހަވީރު 4:00 އާއި ހަމައަށް، ވ. އަތޮޅުން ފެށިގެން ލ.
އަތޮޅާއި ހަމައަށެވެ. މި ވިއްސާރައިގަ ބައެއް ހިސާބުތަކަށް ގުގުރުމާއެކު
ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި
ދެކުނާއި މެދު ރާއްޖޭތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން
އެކަށީގެންވެއެވެ. އަދި އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު
ފަނަރަ މޭލާއި ފަންސަވީސް މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް
ގަޑިއަކު ތިންމޭލާއި ތޭރަމޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލުގެ ބާރުމިނުގައި ވައިގަދަވުން
އެކަށީގެންވާކަމަށާއި މެދުތެރޭ އަތޮޅުތަކުގައި އާއްމު ގޮތެއްގައި ކަނޑުތައް ގަދަވިނަމަވެސް
އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ