ކަރަންޓުގެ އަގަށް ގެނެސްފައިވާ ބަދަލު އަލުން މުރާޖައާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިކޮނޮމިކް ކައުންސިލަށް އަންގައިފިއެވެ.
ގއ. ކަނޑުހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައިށް ޔާމީން ވިދާޅުވީ ކަރަންޓުގެ އަގަށް އައި ބަދަލާ ގުޅިގެން ދަތިތަކެއް ތަހައްމަލްކުރާ އެތައް ރައްޔިތުން ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކަރަންޓުގެ އަގުތަކަށް ގެނައި ބަދަލު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިމޭނެ ކަމަށާއި އެކަން ނިމުމުން ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް ކަރަންޓުގެ އަގަށް ގެންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކަރަންޓު އުފައްދަން ބޭނުންވާ ހަކަތައަކީ ތެޔޮ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމުން ކަރަންޓުގެ އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
ކަރަންޓުގެ އަގަށް އެންމެފަހުން ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ބައެއް ރަށްރަށުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވާތީ، ބައެއް ރަށްރަށުގައި ވަނީމުޒާހަރާވެސް ކޮށްފައެވެ.
ކަރަންޓުގެ އަގު މުރާޖަޢާ ކުރުމަށް ރައީސް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ