ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް ދެބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.              
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރެއްވި ދެބޭފުޅުންގެ ތެރެއިން އަހުމަދު ސަލީމް (މާޒު ސަލީމް) އައްޔަން ކުރައްވާފައިވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ކަމަށާއި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އައްޔަން ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ކަމަށެވެ.
މާޒް ސަލީމްއަކީ ކުރިން ޕީޕީއެމްގެ މެންބަރެކެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަށް ގުޅިވަޑައިގަތް ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ  މާޒް ސަލީމް ވަނީ ނާކާމިޔާބުވެވަޑައިގެންފައިވެއެވެ.
މާޒް ސަލީމް އެޕާޓީން ވަކިވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް މުހައްމަދު ނަޝީދާއިއެކު މަސައްކަތް ކުރައްވަންނިންމެވުމުގެ ސަބަބުންނެވެ.
މަދަނީ އަބްދުﷲ ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މަދަނީ އަބްދުﷲ ވަނީ މަގާމުން ވަކިކުރައްވާފައެވެ.
މަދަނީ އަބްދުﷲ ވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލައްވާފައެވެ. ނަމަވެސް އެދާއިރާގެ ގޮނޑި އޭނާއަށް ކާމިޔާބުކުރެއްވިފައެއް ނުވެއެވެ.
    
    މަދަނީ އަބްދުﷲ އަށާއި މާޒް ސަލީމްއަށް ޑެޕިއުޓީ މިނިސްޓަރުކަން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            