ފިލްމީ ދާއިރާގެ މަސައްކަތްތައް އަގުވަޒަން ކުރުމަށްޓަކައި ރޭ ބޭއްވި ހަތްވަނަ އަހަރީ "ގައިމީ ފިލްމް އެވޯޑްސް"ގެ މިއުޒިކާ ގުޅޭ އެވޯޑްތަކުން އެންމެ ބޮޑު ކާމިޔާބީއެއް މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަށް ލިބިއްޖެއެވެ.
އެ އެވޯޑް ހަފްލާގައި ތޭރަވާއަށް ވަނީ ދެ އެވޯޑެއް ލިބިފައެވެ. އެންމެ މޮޅު ލިރިސިސްޓްގެ އެވޯޑުގެ އިތުރުން އޭނާވަނީ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ. އެންމެ މޮޅު ލިރިސިސްޓްގެ އެވޯޑް ލިބިފައިވަނީ އޭނާ ޅެން ލިޔެފައިވާ ލަވަ ކަމަށްވާ "ތިޔަ މޫނަށް (މިހަށިން ފުރާނާ ދަންދެއް)" އަށެވެ. އަދި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބުނީ "ހިތް ޔާރާ ދީފައި" ފިލްމަށް ކިޔާފައިވާ ލަވައެއް ކަމަށްވާ "ލޯބިވާއޭ" އަށެވެ.
މިއަހަރުގެ އެވޯޑް ހަފްލާއަކީ 2011 – 2013 އާ ދެމެދުގެ އުފެއްދުންތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ ހަފްލާއެކެވެ. އެ ހަފްލާގައި ތޭރަވާގެ އިތުރުން ޝިފާ ތައުފީގު އާއި މުހައްމަދު ފުވާދުއަށްވެސް ވަނީ މިއުޒިކީ ދާއިރާއިން އެވޯޑް ލިބިފައެވެ.
އެންމެ މޮޅު އޮރިޖިނަލް ލަވަ
މުހައްމަދު ފުއާދު – "ފަސްޖެހުމެއް ނެތް" / ލޫދިފާ . މުހައްމަދު ފުއާދު . ލޫދިފާ
އިބްރާހިމް ނިތާފު – "އަލަތު ލޯބި" /ލަވްސްޓޯރީ
މޫސާ ސަމާއު – "ތިޔަ މޫނަށް" /މިހަށިން ފުރާނަ ދަންދެއް
އަބްދުލް ހަންނާނު – "އިންތިޒާރޭ އޮތީ" /ކުށްވެރިޔަކީ ކާކު؟
ޝިފާ ތައުފީގު – "ޒުވާން ތިޔަ ނަން ހިތުގައި" /12ގެ ފަސް
އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ
މާއިން ރަޝީދު – "ތިޔަ މޫނަށް" /މިހަށިިން ފުރާނަ ދަންދެއް
މަރިޔަމް އަޝްފާ – "ލޯބިވާއޭ" /ހިތް ޔާރާ ދީފާ
ރާފިޔަތު ރަމީޒާ – "ތިވީ ބޭވަފާ"
ޝިފާ ތައުފީގު – "ޒުވާން ތިޔަ ނަން ހިތުގައި" /ފަތިސްހަނދުވަރުގެ ފެށުން
ޝިފާ ތައުފީގު – "ވަމޭ ފުން ހިޔާލުގައި"
މޮޅު ފިރިހެން
މޫސާ ސަމާއު – "ތިޔަ މޫނަށް" /މިހަށިން ފުރާނަ ދަންދެއް
އަބްދުލް ހަންނާނު – "އިންތިޒާރޭ" / ކުށްވެރިޔަކީ ކާކު؟
އިބްރާހިމް ޒައިދު – "ދޭށޭނާ" /ހިތް ޔާރާ ދީފާ
މުހައްމަދު އަބްދުލް ޣަނީ – "ލޯބިވާއޭ" /ހިތްޔާރާ ދީފައި
މުހައްމަދު އަބްދުލް ޣަނީ – "ވެއްޖޭ ފަނާ" /ހިތްޔާރާ ދީފާ
މިއުޒިކީ ދާއިރާގެ އެންމެ ކާމިޔާބީތައް ހޯދީ ތޭރަވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ