ދެކުނުގެ ބައެއް އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވުމާއި ގުޅިގެން ލ.އަތޮޅާއި ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.
ޔެލޯ އެލާޓަކީ ވައި ބާރުވެ، ބޯކޮށް ވާރޭ ވެހި އާދަޔާ ޚިލާފަށް ކަނޑުގަވެ، ވައި ބާރުވާނެ ކަމަށް ލަފާކުރެވުމުން ނެރޭ އެލާޓެކެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 5 މޭލާ 13 މޭލުދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ