ރެއިން ފެށިގެން ގއ. ވިލިނގިލިން ކަރަންޓް ކެނޑެނީ

ރޭ ދަންވަރުން ފެށިގެން ގއ. ވިލިނގިލިން ކަރަންޓް ކެނޑެމުންދާ ކަމަށް އެރަށުން ބުނެފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ކަރަންޓް ކެނޑެން ފެށީ ރޭ 2:30 ހާއިރުން ފެށިގެން ކަމަށެވެ.
"ކަރަންޓް ކެނޑިފައި، އަނެއްކާވެސް ކަރަންޓް ލިބެނީ. މިރަށުގެ ގޭގޭގައި ހުރި ވަރަށް ގިނަ ފްރިޖްފަދަ ތަކެތި ހަލާކުވެއްޖެ" އޭނާ ވިދާޅުވިއެވެ.
އެރަށުން ކަރަންޓް ކެނޑެން މެދުވެރި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ވިލިނގިއްޔަށް ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ