މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުންގއ. ގެމަނަފުށީ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތުދިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގއ. ގެމަނަފުށީ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ނިމިދިޔަ ހަފްތާ ބަންދުގައި ގެމަނަފުށީ ސްކޫލްގައި ބޭއްވި މިސެޝަނުގައި އެސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ 74 ދަރިވަރުން ބައިވެރިވެފައިވެއެވެ.ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިސެޝަނުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ހިމެނޭ މުހިއްމުބައިތަކާއި ޓްރެފިކް ޤަވާއިދުތަކާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ގެމަނަފުށީ ސްކޫލް މެނޭޖްމަންޓުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ