މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތާ ގުޅޭ މައުލޫމާތުތަކެއް ލީކުކުރި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމް މިނިވަންކޮށްފިއެވެ.
ގާސިމް މިނިވަންކުރިއިރު، އޭނާގެ މައްޗަށް މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ، އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް އިއްވިއިރު، ގާސިމް ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަށްވުރެ، ދިގު މުއްދަތެއް ފުލުހުންގެ ބަންދުގައި ހޭދަކޮށްފައެވެ.
އެހެންކަމުން ގާސިމްގެ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވަނީ، އޭނާ ދޫކޮށްލުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް، ސިޓީއެއް ފޮނުވާފައެވެ.
ކަރެކްޝަންސް އަށް ނާޒިމް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ގާސިމް ހުރީ ބަންދުގައި ކަމަށާއި، އަދި ކޯޓުން ކޮށްފައިވާ ހުކުމް މިދިޔަ މަހުގެ 30 ވަނަ ދުވަހަށް ހަމަވެފައިވާތީ، ގާސިމް ވަގުތުން ދޫކޮށްލުމަށް އެދޭ ކަމަށެވެ.
ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓަންޓް މެނޭޖަރު ކަމުގެ މަގާމުގައި ހުރި ގާސިމްގެ މައްޗަށް ސާބިތުވީ، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށާއި އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ކުށެވެ.
ހުކުމުގެ މުއްދަތު ހަމަވެފައިވާތީ ގާސިމް މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ