ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އިދިކޮޅު ކެންޑިޑޭޓްގެ އަރިހުގައި

ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުއާއި އެކު މިއަދު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އިބޫ މިއަދު މާފަންނުގައި ކުރިއަށް ގެންދެވި ޑޯޓްޑޯގައި ނިޝާން ޢިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އުމަރު ޒާހިރުގެއަށް ވަނީ ވަޑައިގެންފައެވެ. އަދި އޭގެ ފަހުން ދެބޭފުޅުންވަނީ އެކުގައި ވަޑައިގެން ޖޭޒްއިން ސައި ބައްލަވައިގެންފައެވެ.
އުމަރު ޒާހިރަކީ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ގާތް އެކުވެރިއެއްގެ އިތުރުން ރައީސް މައުމޫނުގެ ވެރިކަމުގައި ވަޒީރުކަމާއި ދައުލަތުގެ އިސް ބައެއް މަގާމްތައް ފުރުއްވާފައެވެ.
އިދިކޮޅު ކެމްޕެއިންގައި އުމަރު ޒާހިރު މިއަދު ބައިވެރިވެވަޑައިގެންނެވި އިރު ރައީސް މައުމޫނުގެ ގާތްބޭފުޅުން މިހާރުވެސް ގެންދަވަނީ އިދިކޮޅު ކެމްޕެއިންގައި ބައިވެރިވެވަޑައި ގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ