މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މިކަން ހާމަކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލިޖިކަލް ސެންޓަރ (މެޓް) އިން ބުނީ، ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ކަމަށެވެ.
އެ އިދާރާއިން މި ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރުނީ، މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 17:00 އާހަމައަށެވެ.
މި ވަގުތުތަކުގައި އެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން އިތުރަށް ބުނީ، ރާއްޖެގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ