އިނގިރޭސި ޕްރިމިއާ ލީގުގައި ލވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ލިވަޕޫލް ސަޕޯޓަރުންނާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބައްލަވާލައިފި އެވެ.
ރައީސް މައުމޫންއާއެކު ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންނަށް މެޗެއް ބަލާލުމަށް އެމަނިކުފާނު ދައުވަތު ދެއްވުމުން، މިރޭ ގިނަ އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުންވަނީ އެ ދައުވަތު ގަބޫލުކޮށް އެމަނިކުފާނާއެކު މެޗު ބަލާފައެވެ. ރައީސް މައުމޫނާއެކު އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލްގެ އިތުރުން މޯލްޑިވުސް ވޯޓަރ ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްއީ) ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެންމެ ބަލާހިތްވާ ކުޅިވަރަކީ ފުޓްބޯޅަ ކަމަށް ވިދާޅުވާ ރައީސް މައުމޫނަކީ ލިވަޕޫލްގެ ދުވަސްވީ ސަޕޯޓަރެކެވެ. މިރޭ ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ.
ކްރިކެޓް ކުޅުއްވުމަށް ޝައުގުވެރިވާ ރައީސް މައުމޫން ފާހަގަ ކުރެވެނީ ލިވަޕޫލަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ބަހައްޓަވާ ސަޕޯޓަރެއްގެ އިތުރުން ޓްވިޓާގައި ލިވަޕޫލާ ގުޅޭ މުހިއްމު ހަބަރުތައްވެސް ހިއްސާކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ލިވަޕޫލް ސަޕޯޓަރުންނާއެކު ރައީސް މައުމޫން މެޗު ބައްލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ