މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ އިންޖިނޭރު އިބްރާހިމް ރައޫފް ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ގަޑިއެއްހާ އިރުގެ ތެރޭގައި ހުރިހާ މައްސަލައެއް ހައްލުކޮށް އަލުން ކަރަންޓް ދެވޭނެ ކަަމަށް އަޅުގަނޑުމެން ލަފާ ކުރަނީ،" އޭނާ ވިދާޅުވި އެވެ.
މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުން ފަހަކަށް އައިސް ވަނީ އިތުރު ވެފަ އެވެ. އިރުވައި މޫސުމުގައި ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކަރަންޓް ކެނޑުމުގެ މައްސަލަ މާލޭގައި ކުރިން ވެސް ދިމާވެ އެވެ. އެކަން ހައްލުކުރަން މިދިޔަ އަހަރު ސްޓެލްކޯ އިން އާ ޖަނަރޭޓަރެއް ގެނެސް ކެޕޭސިޓީ އިތުރު ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ