ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުއާއަށްފަހު މިރޭ މާލެވަޑައިގަންނަވާނެކަމަށް އެމްއާރުއެމުން ބުނެފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް މެލޭޝިއާ އަށް ފުރާ ވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
މައުމޫން މެލޭޝިއާއަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއެކުގައެވެ. އެ މަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށްކަމަށް ވިދާޅުވިއެވެ. އަދި ޖަލުގައި އަށް މަސް ހޭދަކުރައްވާފައި ވާއިރު، މެޑިކަލް ޗެކަޕެއް މުހިންމު ކަމަށް ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އަދި އެކަމާއި ގުޅިގެން އިއުލާންކުރި ކުއްލި ހާލަތުގެ ދަށުން މައުމޫން ހައްޔަރުކޮށް ޖަލުގައި ހުންނަވަންޖެހިވަޑައިގަތުމުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލުކޮޅު ގޯސްވެ އާއިލާއިން ވެސް އެއިރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިއްހީ ހާލުކޮޅާ ގުޅިގެން މާލެ ގެނެސް ފަރުވާދެއްވާފައި ވާއިރު، ހާލުކޮޅު ސީރިއަށް ވެގެން ޖަލަށް ވެސް ޑޮކްޓަރުން ގެންގޮސްފައިވެއެވެ.
މައުމޫން ބޭސް ފަރުވާއަށް ވަޑައިގެންނެވި އިރު، ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައުމޫން ހައްޔަރުކޮށް ފޯން ނުދިން މައްސަލައިގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި އެއް އަހަރާއި ހަތްމަހުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
މައުމޫންގެ މި ދަތުރުފުޅުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ބޭސް ފަރުވާއަށްފަހު މައުމޫން މިރޭ މާލެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ