ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި

ކޮންގްރެސް ޕާޓި އިފްތިތާހު ކުރުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރޝިޕް ހޮވާފައިވާއިރު ވަގުތީ ގޮތުން ޕާޓީ ހިންގުމަށް 40 މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެ ކޮމިޓީގައި ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު ޕާޓީގެ ވަގުތީ ރައީސްއާއި ނައިބު ރައީސުންވެސް އެ ޖަލްސާގައި ވަނީ ހޮވާފައެވެ. އެގޮތުން ޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕާޓި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަބްދުރަހީމް އަބްދުﷲ ހޮވިވަޑައިގެންފައިވާއިރު ނައިބުންގެ ގޮތުގައި ހޮވިވަޑައިގެންފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސަޢީދުއާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު އުމަރު އެވެ. އެ ތިން ބޭފުޅުންވެސް މަގާމުތަކަށް ހޮވިވަޑައިގެންފައިވަނީ އިފްތިތާހީ ޖަލްސާއަށް ވަޑައިގެންނެވި 357 މަންދޫބުންގެ އިއްތިފާގުންނެވެ. ޕާޓިގެ ހުރިހާ ނިންމުމެއް މަންދޫބުންގެ އިއްތިފާގުން ފާސްވި ނަމަވެސް ޕާޓީގެ ކުލައާއި މެދު ޚިޔާލު ތަފާތުވާ ދެ ބޭފުޅަކު ހުންނެވުމުން ޕާޓީގެ ކުލަ ފާސްވެފައިވަނީ 355 މަންދޫބުންގެ ތަޢީދާއެކުކަން ފާހަގަކޮށްލެވެއެވެ. ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގައި ފާސްކުރި ކަންތައްތަކުގެ ތެރޭގައި އެ ޕާޓީގެ ނަމަކަށް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ޕާޓީ ވަނީ ފާސްކޮށްފައެވެ. އަދި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި ކޮންގްރެސް ޕާޓީ ވަނީ ފާސްވެފައި.
ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން، ފޮޓޯ: ވަން އޮންލައިން
އަދި ޕާޓީގެ ކުލައިގެ ގޮތުގައި ފާސްވެފައިވަނީ ވިލު ނޫ ކުލަ ނުވަތަ ޓަރކޮއިސް ކުލަ އެވެ. އަދި ޕާޓީގެ ލޯގާއާއި ޕާޓީގެ ދިދަވެސް ވަނީ އެ ޖަލްސާގައި ފާސްކޮށްފައެވެ. ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީ ހޮވާފައިވާއިރު އެ ކޮމިޓީ ތެރޭގައި ހިމެނޭ މެމްބަރުންގެ ތެރޭގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްގެ އިތުރުން އިބްރާހިމް ޝުޖާއު، މުޙައްމަދު ހުސައިން ޝަރީފު، އިބްރާހިމް ފައިސަލް، އިބްރާހިމް އަބްދުއްރައްޒާގު ހަލީމް، އިބްރާހިމް ފަޒުލް ރަޝިދު، ޚާލިސް އަބްދުﷲ އަލީ، މުޙައްމަދު ޝަކީލް، އަހުމަދު ނަރީޝް، ނާއިފް ޝައުކަތު، ޔޫސުފް އަބްދުލް ޢަފޫރު، މުޙައްމަދު ނިމާލް، ޝިފާގް މުފީދު، ހީނާ ވަލީދު، ޔަޝްފާ އަބްދުލް ޣަނީ، އީލާ އަލީ، ޒީނާދު އަދުނާން، އައިމިނަތު ހުސައިން ޝަރީފު، އިދްރީސް އަބްދުﷲ، އިގްބާލް އާދަމް، އައިމިނަތު ޝުހުދާ، މުއާޒު ހަލީމް، އައިމިނަތު ލަޔާލް މަނިކު، އަހުމަދު ސިއްދީގު، އާދަމް ތައުފީގު، އަބްދުﷲ މުޙައްމަދު، އައިމިނަތު ނާސިހާ، އަބްދުﷲ ޝިޔާޒު، މުޙައްމަދު ޝަހީދު، އިބްރާހިމް ޝަހީބް، އިސްމާއިލް ސުހައިލް، މަރިޔަމް ޖުނައިނާ ސޯދިގު، މަރިޔަމް ރަޝީދާ، މަރިޔަމް ސާމިޔާ، އަފޫ ހަމީދު، އަދި ސޫދާ އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ކޮންގްރެސް ޕާޓީ އިފްތިތާހު ކުރެއްވުމަށް ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ހުރިހާ މެމްބަރުންވެސް އެ ބޭފުޅެއްގެ ފިކުރަކަށް ތާޢީދު ކުރައްވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެވެ. އެމަނިކުފާނަކީ އެ ޕާޓީގެ ބާނީ ކަމަށް އެ ޖަލްސާގައި ޕާޓިގެ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ
ކޮންގްރެސް ޕާޓީ
އިދުހާމް ނައީމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި
23 މިނެޓް ކުރިން
ޕީއެންސީ ވާނީ މި ސަރުކާރު ޒިިންމާދާރު ކުރުވާނެ ޕާޓީއަށް: އަބްދުއްރަހީމް
18 ގަޑި ކުރިން
ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކަ ފަނޑުވަނީބާ؟
1 ދުވަސް ކުރިން
މާކުރަތު 3 އިދާރާއެއް ފަޅާލި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފި
1 ދުވަސް ކުރިން
އެއާޕޯޓުގެ ޓާމިނަލް ޕްލޭނެއް އޮންނާނެ، ރައީސް ސޯލިހު ހެއްދެވީ އިތުރުފުޅެއް: ސައީދު
1 ދުވަސް ކުރިން
މިނިސްޓަރ މަހުލޫފު މަސައްކަތް ކުރައްވަނީ އެފްއޭއެމްގެ އިންތިޚާބީ ލީޑަރޝިޕް ބަދަލުކުރުމަށް: އެފްއޭއެމ...
2 ދުވަސް ކުރިން
ޕީއެންސީ ވާނީ މި ސަރުކާރު ޒިިންމާދާރު ކުރުވާނެ ޕާޓީއަށް: އަބްދުއްރަހީމް
18 ގަޑި ކުރިން
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި
23 މިނެޓް ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ