ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި އިދިކޮޅާއި ގުޅުނު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ކަނޑައަޅައިފިއެވެ.
އިދިކޮޅު ކެމްޕޭނާއި ގުޅުމުން ޕީޕީއެމުގެ ސުލޫކީ ކޮމެޓީން ފަޒާދު ޕާޓީން ވަކިކުރުމަށް ނިންމާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. ފަޒާދަކީ 2014 ވަނަ އަހަރު ޕީޕީއެމް ޓިކެޓުގައި މަޖިލީހަށް އިންތިހާބްވި ބޭފުޅެކެވެ.
ފަޒާދު އިދިކޮޅު ކެމްޕޭނާއި ގުޅުނީ ސަރުކާރުން ގާނޫނީ އިމުން ބޭރުވެފައިވާ ކަމަށް ވިދާޅުވެއެވެ. ހޯރަފުށީގައި ފަޒާދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށްވުރެ ގައުމުގެ މުސްތަގުބަލް މުހިންމު ކަމަށާއި ސަރުކާރުން ގާނޫނީ އިމުން ބޭރުވުމުގެ އިތުރުން ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލަމުން ގެންދާ ކަމަށެވެ.
އެގޮތުން ޒުވާނުންނަށް މިއަށްވުރެ ބޮޑަށް އޮޅުވާލި ސަރުކާރެއް ނެތް ކަމަށާއި ސްޕޯޓްސް އެރީނާތައް ތަރައްގީ ކުރާނެ ކަމަށް ބުނެވެސް ޒުވާނުންނަށް އޮޅުވާލާފައިވާކަމަށާއި މެނިފެސްޓޯގައި އޮތް ގޮތަށް އެކަން ކުރަމުން ނުގެންދާކަމަށް ފަޒާދު ވިދާޅުވެފައިވެއެވެ.
ފަޒާދުގެ އިތުރަށް މީގެ ކުރިން ވަނީ އިތުރު 12 މެމްބަރަކު އެޕާޓީން ވަކި ކުރުމާއި ގުޅިގެން މެމްބަރު ކަމުގެ ގޮނޑި ގެއްލިފައި ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެ މެމްބަރުން ބުނަމުންދަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ.
ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއި ގުޅިގެން ގިނަ މަޖިލިސް މެމްބަރުންތަކެއް ވަނީ ޖަލަށްވެސް ލާފައެވެ. އެހެން ނަމަވެސް އިންތިހާބުން ލިބުނު ނާކާމިޔާބާއި ގުޅިގެން ގިނަ މެމްބަރުން މިހާރު ވަނީ ދޫކޮށްލާފައެވެ.
މެމްބަރު ފަޒާދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ