ކަރަންޓް ބުރުމާއެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ކަރަންޓް ބުރުމާއެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާއިފިއެވެ.
މި މީހާގެ ފޮޓޯވެސް ވަނީ ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ. ފޮތޯއިން ފެންނަ އެ މީހަކީ 2021 އޭޕްރީލް 22 ވަނަ ދުވަހުގެ 08:35 އެހާކަންހާއިރު ހައިފިލްސްޓިޗުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485230 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ