އޭދަފުށީގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށައިފި

ބ.އޭދަފުށީގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށައިފިއެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އޭދަފުށީގައި ދީފައިވަނީ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހުއެވެ.
ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާކަމަށާއި، ދެވަނަ ޑޯޒްވެސް ފުރަތަމަ ޖަހާނީ ފުރަތަމަ ޑޯޒްޖަހާފައިވާތާ އަށްހަފްތާވެފައިވާ މީހުންގެ ތެރެއިން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށާ، ރާއްޖެއިން ބޭރުގައި ކިޔަވާ އަދި ފުރަންތައްޔާރުވެފައިވާ ދަރިވަރުންނަށެވެ. އެއަށްފަހު ދެން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 80 އަހަރުން މަތީގެ މީހުންނަށެވެ.
ދެވަނަ ޑޯޒް ޖަހަންދާއިރު ފުރަތަމަ ޑޯޒް ޖެހިކަން އަންގައިދޭ ކާޑާއި، ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޯވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އޭދަފުށީގައި ދިރިއުޅޭ 1581 މީހަކަށް ދީފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މީގެތެރެއިން 1020 މީހުންނަށް ދީފައިވަނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންއެވެ. 561 މީހަކަށް ދީފައިވަނީ ޗައިނާއިން ހަދިޔާކުރި ސިނޯފާމް ވެކްސިންއެވެ. ފުރަތަމަ ޑޯޒް ނުޖަހާ އޭދަފުށީގައި ދިރިއުޅޭ އުމުރުން 18 އަހަރުގެ އެންމެންވެސް މިޑޯޒް ފުރިހަމަކުރުމަށް އެހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ