ދެ ގާޒީއަކަށް ކުށް ސާބިތު ނުވާ ކަމަށް ނިންމައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދިޔަ ދެ ގާޒީއެއްގެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.
ޖޭއެސްސީން ބެލީ ސިވިލް ކޯޓުގެ ގާޒީ ރިޒްމިނާ އިދުރީސް އާއި ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދުގެ ސުލޫކީ މައްސަލަ އެވެ.
މި ދެ ބޭފުޅުންގެ މައްސަލަ ބެލުމުގެ ގޮތުން ތަހުގީގުގެ ނޯޓިސް ރިޒްމީނާ އަށް ދީފައިވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. އަލީ ނަޝީދަށް ނޯޓިސް ދީފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު އެވެ.
ޖޭއެސްސީން މައްސަލަ ބެލުމަށްފަހު ރިޒްމިނާ އަށް ކުށް ސާބިތު ނުވާ ކަމަށް ނިންމީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. އަލީ ނަޝީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމީ މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު އެވެ.
ދެ ގާޒީއެއްގެ މައްސަލަ ފެބްރުއަރީ މަހު ނިންމި ނަމަވެސް އެ މައުލޫމާތު ޖޭއެސްސީ ހާމަކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ