މާމެންދޫ އިންޖީނުގެ އާންމުން ދިރިއުޅޭ ގެތަކާ ދުރަށް

ލ.މާމެންދޫގައި މީހުން ދިރިއުޅޭ ސަރައްހައްދުގައި ހުރި އިންޖީނުގެ ނިއްވާލާ އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފި އެވެ.
އާ އިންޖީނުގެ ހުޅުވުމާއެކު އެރަށުގައި ހުރި 35 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ވަނީ ނިއްވާލާފަ އެވެ. އެ އިންޖީނުގެ އަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ.
ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.
އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ