ބެސްޓް ކަންޓްރީ އެވޯޑް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ދެކަނބަލުންނަށް އަރުވައިފި

ފުރަތަ ފަހަރަށް ބޭއްވި ސައުތު އޭޝިއަން ޔޫތު ސަމިޓުން ރާއްޖެއަށް ލިބުނު ބެސްޓް ކަންޓްރީ އެވޯޑް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުންނަށް އަރުވައިފިއެވެ.ބެސްޓް ކަންޓްރީ އެވޯޑް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުންނަށް އެރުވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދިޔަ މަހު މިދިޔަ މަހުގެ ސަތާރަ ވަނަ ދުވަހު އިންޑިއާގެ އޮޑިއްޝާގައި ކުރިއަށްދިޔަ 17 ވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް، ކުލަގަދަ ރަސްމިއްޔާތަކާއެކު ފައްޓަވައިދެއްވީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީ އައިވައިސީގެ ރައީސް ޖަޔަންތަ ޕަތްރާ. މި ސަމިޓުގައި ރާއްޖޭގެ ނޫސްވެރިންނާއި، ފަންނާނުން، ހިމެނޭ ގޮތަށް ޖުމްލަ 34 ޒުވާނުން ވަނީ ބައިވެރިވެފައެވެ.މިއަހަރުގެ އެ ސަމިޓުގައި 400 އަށްވުރެ ގިނަ ޒުވާނުން އެކި ގައުމުތަކުން ބައިވެރިވެފަވާއިރު ސާކް ގައުމުތަކުގެ ތެރެއިން ޕާކިސްތާނު ފިޔަވައި އެހެން ހުރިހާ ގައުމެއް ބައިވެރިވެފައިވެއެވެ. އެ ސަމިޓުގައި ވާހަކަ ދެއްކި ގިނަ ބޭފުޅުންވަނީ މުޖުތަމައުގައި ޒުވާނުން ކުޅޭ އިސްރޯލުގެ މައްޗަށާއި ގައުމުގެ ކުރިމަގު އުޖާލާކޮށް ތަރައްގީގެ މަގުތަށް ހޯދުމުގައި ޒުވާނުން އަދާ ކުރާ ދައުރުގެ މައްޗައް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.ސަމިޓުގައި ރާއްޖޭގެ ސަރުކާރު ތަމްސީލު ކުރެއްވީ ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އަލީ ޒަކީއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ސާކްގެ ގައުމުތައް ހިމެނޭ ގޮތަށް މިއަހަރު ބޭއްވި ސައުތު އޭޝިއަން ޔޫތު ސަމިޓް ސޭސް ދެން ބާއްވާނީ ސްރީ ލަންކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ