މެމްބަރު އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފި

ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން ހައްޔަރުކޮށްފައި ވަނީ އިލްހާމް ފިލުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައެވެ.
މާޝާ ހައްޔަރުކޮށްފައި މިވަނީ އިލްހާމް ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނުތާ ގިނަ އިރުތަކެއް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ