އިބޫގެ ވެރިކަމުގައި އެސްއޯއީތަކުން ވަޒީފާތައް ދިނީ ވެރިކަން ދިފާއު ކުރަން: ޠާރިގު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް (އެސްއޯއީ) ބޭނުން ނުވާ ވަރަށް މުވައްޒަފުން އިތުރުކުރީ ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި ވެރިކަން ދިފާއުކުރުމަށް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިގު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމުގެ ސިނާޢަތުގައި އުޅުނު ޒުވާނުންނަށް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. "(އިބޫ) ވިދާޅުވިކަމަށް ވަނީ ފައިސާ ލިބޭ ކަމަށް ވަންޏާ އެ މީހުން ތިމަންނައަށް ވޯޓުދޭނޭ، އެމީހުން ނުބަލައޭ މަސްވެރިކަމުގެ ސިނާޢަތުންތޯ ލިބެނީ، ފެނަކަ ކޯޕަރޭޝަނުން ވަޒީފާގެ ތެރޭންތޯ ފައިސާ ލިބެނީ،" ކުރީގެ ރައީސް އިބޫގެ ވިސްނުންފުޅު ހުރި ގޮތާ ބެހޭގޮތުން ލިބިވަޑައިގެންފައިވާ މަޢުލޫމާތު ހިއްސާކުރައްވަމުން ޠާރިގު ވިދާޅުވިއެވެ.
ކުންފުނިތަކުން މުވައްޒަފުން މަދުކުރާ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރަށް ރައްދު ދެއްވަމުން ޠާރިގު ވިދާޅުވީ، ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަކީ ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރާނީ ޤާނޫނާ އެއްގޮތަށް، ދޭންޖެހޭ އުޖޫރައާއި އިނާޔަތްތައް ދިނުމަށްފަހު ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ