ރައީސްކަން ކޮށްފައިވާ މީހަކަށްދޭންވާ ރައްކާތެރިކަން އެމަނިކުފާނުގެ އާއިލާއަށް ނުދެއްވާ ކަމުގެ ތުހްމަތު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ސިފައިންގެ މައްޗަށް ކުރައްވައިފި އެވެ.
އާއިލާއަށް ދޭން ޖެހޭ ރައްކާތެރިކަން ސިފައިންގެ ފަރާތުން ނުލިބޭ ކަމަށް އިޝާރާތް ކުރައްވައި ރައީސް މައުމޫނު ހޮނިހިރު ދުވަހުގެ ރޭ ޓުވީޓެއް ކުރައްވާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ އެންދެރިމާގެއަށް ފުލުހުން ވަންނަ މައްސަލައާ ގުޅުވައިގެންނެވެ.
ރައީސް މައުމޫނު ކުރައްވާފައިވާ ޓޫވީޓުގައި ވިދާޅުވެފައިވަނީ ބޭނުންވާހާ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނުގެ އާއިލާއަށް ނުރައްކާވިޔަ ދެނީ ކީއްވެތޯ އައްސަވައި ސިފައިންނާ ސުވާލު ކުރައްވައިފައެވެ.
Qānūn no 9/2009 bunā gothun Raīsul Jumhūriyyā kan koffaivā mīhakā emīhāge an’bi mīhā/ firimīhā ah himāyathā rakkātherikan @MNDF_Official in hamajassai dhēn vāne. Vīmā kīvvebā @PoliceMv bēnunvihā vaguthaku alhugan’duge geah vadhe alhugan’dā ā’ilāge salāmathah nurakkā viya dhenī?
ރައީސް މައުމޫނުގެ އެ ޓުވީޓްގައި ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނުގައި ރައީސުލް ޖުމްޙޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފް އިން ހަމަ ޖައްސާދޭންވާނެ ކަމަށް ބުނެފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސް މައުމޫނު މި މޭރުމުން ޓޫވީޓް ކުރައްވާފައިވަނީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ތުހްމަތުކުރާ މައްސަލާގައި އެންދެރިމާގެ ބަލާ ފާސްކުރުމަށް ފުލުހުން ދެ ފަހަރެއްގެ މަތިން ވަދެފައިވާތީ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަޅުގަނޑުގެ އާއިލާއަށް ފުލުހުން ނުރައްކާކުރަން ސިފައިން ފުރުސަތުދޭ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ