ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްފިއެވެ.
އިބްރާހިމް ސިޔާދު ގާސިމް ވިލާ ހައުސް ހުންނަ އިމާރާތުގައި ހުންވަނިކޮށް ހައްޔަރު ކޮށްގެން މިހާރު ވަނީ ފުލުހުންގެ މައި މަރުކަޒަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކުރީ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެންނެވެ.
އިބްރާހިމް ސިޔާދު ގާސިމްއަކީ ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރެވެ.
ފުލުހުން މިއަދު ވަނީ ވިލާ ހައުސް ހުންނަ އިމާރާތް ބަލައި ފާސްކޮށްފައެވެ. އަދި އިބްރާހިމް ސިޔާދު ގާސިމް ގެންދިޔައީ ވިލާ ހައުސް އިމާރާތުގެ ހަވަނަ ފަންގިފިލާގައި ހުންނަވަނިިކޮށެވެ.
ފުލުހުންގެ ޓީމެއް ކުއްލިގޮތަކަށް މިއަދުވަނީ ވިލާ ހައުސް އިމާރާތަށް ވަދެ، އެ އިމާރާތުގެ އެކި ފަންގިފިލާތައް ބަލައި ފާސްކޮށްފައެވެ. ނަމަވެސް ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަކަމެއް ސާފެއް ނުވެއެވެ.
ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ