"ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ" – މައުމޫނު

ބޭރުގެ ޤައުމުތަކުން ރާއްޖެއާއި މެދު ފިޔަވަޅު އަޅަންޖެހޭކަމަށާއި، އެކަމަށް ތާޢީދު ކުރައްވާކަމުގެ އިޝާރާތެއް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ކުރައްވައިފިއެވެ.
މިކަމަށް އިޝާރާތްކުރައްވާ މަޢުމޫނު ކުރައްވާފައިވާ ޓުވީޓެއްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ރާއްޖޭގެ ޚާލަތާއިމެދު ކަނބޮޑުވެ ކުރައްވަނީ ކޮން ކަމެއްތޯ ސުވާލު އުފައްދާފައިވެއެވެ.
ބޭރުގެ ފަރާތްތަކުންވެސް ހަމައެކަނި ދައްކަވަނީ ވާހަކަ ކަމަށާއި، އެކަމަށް މާބޮޑު ފަރުވާލެއް އެފަރާތްތަކުން ނެތްކަމަށް މަޢުމޫނު ވަނީ ވިދާޅުވެފައެވެ.
މަޢުމޫނު މިފަދައިން ވިދާޅުވެފައިވާއިރު ދަރިކަލުން ފާރިސް މައުމޫނު، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދިންކަމުގެ ތުޙުމަތުގައި ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި ޝަހުސު އޮޅުވާލުމުގެ މައްސަލައެއްގައިވެސް ދަޢުލަތުން ވަނީ ފާރިސްގެ މައްޗަށް ވަނީ ދަޢުވާ އުފުލާފައެވެ.
ފާރިސް ހައްޔަރުކުރުމާއި ގުޅިގެން މައުމޫނު ގެންދަވަނީ އިދިކޮޅު ފަރާތްތަކާއިއެކުވެސް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް ނަޝީދުގެ މަސައްކަތުން ހިތްވަރު ލިބިގަންނަކަމަށް، އެމްޔޫއޯގެ ޕޯޑިއަމްއެއްގައި މައުމޫނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ