އެޕްރީލް އަދި މެއި މަހު ކަރަންޓް ބިލް ތައްޔާރުކުރާނީ ސަބްސިޑީޒް ހިމަނައިގެން: ސްޓެލްކޯ

ކޮވިޑް19 އާއި ގުޅިގެން އަންނަ އެޕްރީލް އަދި މެއި މަހުގެ ކަރަންޓްބިލުން 40 އިންސައްތަ ސަބްސަޑައިޒް ކުރައްވާނެކަން ސަރުކާރުން އިއުލާންކޮށްފައިވާތީ އެޕްރިލް އަދި މެއިމަހުގެ ބިލް ތައްޔާރު ކުރާނީ ސަބްސިޑީޒް ހިމަނައިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަަތށް ރިއާޔަތްކޮށް ސަރުކާރުން ގެންދަނީ ދިވެހި ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުހިންމު ނިންމުންތަކެއް ނިންމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ލާބައާ މަންފާކުރަނިވި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހޫނު މޫސުމަށްވެފައި ގިނަ ވަގުތު ތިބޭނެ ދުވަސްވަރަަކަށްވުމާއެކު ގިނަ އަދަދަކަށް ކަރަންޓް ބޭނުން ކުރަމުންދާނެ ދުވަސްވަރަަކަށްވާތީ އެކަމަށް ސަމާލުވެ ކަރަންޓް ހަރަދު ކުޑަކޮށް އިްގތިސާދު ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަދި ބިލް ދެއްކުމުގައިވެސް ސްޓެލްކޯގެ ވެބްސައިޓާއި އެޕްލިކޭޝަންގެ ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ