ޔުނައިޓެޑުން ދޫކޮށްލި ސަންޗޯ އަށް ގަތަރުގެ އަލް ރައްޔާނުން ކޮންޓްރެކްޓެއް ދެނީ

ދޯހާ، ގަތަރު (ޖުލައި 27) - ގަތަރުގެ އެންމެ ކާމިޔާބު ކްލަބް، އަލް ރައްޔާނުން މި ވަގުތު އެއްވެސް ކްލަބެއްގައި ނެތް އިނގިރޭސި ފޯވާޑް، ޖޭޑަން ސަންޗޯ އަށް ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 
އުމުރުން 26 އަހަރުގެ ސަންޗޯ، މެންޗެސްޓާ ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން ޖުލައި 1 ވަނަ ދުވަހަށް ހަމަވުމުން، މި ވަގުތު އޭނާ ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައެއް ނޫނެވެ. 
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ބޮޑު އަގުގައި ޑޯޓްމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 2021 ވަނަ އަހަރުގަ އެވެ. އޭރު ޔުނައިޓެޑުން ސަންޗޯ ގަތީ ޖުމްލަ އެެކު، 103 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެކަމަކު، އެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ފަސް އަހަރު ތެރޭ ލޯން އެއްބަސްވުމެއްގައި ތަފާތު ތިން ކްލަބަކަށް ވަނީ ކުޅެފަ އެވެ. އެއީ، ކުރީގެ ކްލަބް، ޑޯޓްމަންޑްގެ އިތުރުން، ޗެލްސީ އާއި އެސްޓަން ވިލާގަ އެވެ. 
ޑޯޓްމަންޑާ އެކު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނުއިރު، ޗެލްސީއާ އެކު ކޮންފަރެންސް ލީގުގެ ތަށި ހޯދި އެވެ. އަދި، މިދިޔަ ސީޒަނުގައި އެސްޓަން ވިލާއާ އެކު، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. ޔުނައިޓެޑާ އެކު، އެފްއޭ ކަޕާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ސަންޗޯ އަލުން ގެންދަން ޑޯޓްމަންޑުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މުސާރަައިގެ ކަންތައްތަކާ ހެދި އެ ޑީލް ކުރިއަށްނުދިޔަ އެވެ. 
ސަންޗޯގެ ސޮއި ހޯދަން އެތުލެޓިކޯ މެޑްރިޑުން ވެސް މަސައްކަތްކުރި އެެވެ. އެކަމަކު، ފަހުން އެ ކްލަބުން ނިންމީ ޕީއެސްޖީ އަށް ކުޅޭ ދެކުނު ކޮރެއާގެ ލީ ކަންގް އިން ގަންނާށެވެ. މިހާރު އެ ޓީމުން ވަނީ އެ ޑީލް ނިންމައިފަ އެވެ. 
ގަތަރުގެ އަލް ރައްޔާނުން ވަނީ ސަންޗޯ އަށް ރަނގަޅު މުސާރައެއް ލިބޭ ގޮތަށް ބޮޑު ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ. އަދި، ސަންޗޯ ވެސް އެއް ސީޒަނަށް ބޮޑު އަގެއްގައި އަލް ރައްޔާނަށް ކުޅެ، ކެރިއަރު އަލުން ރަނގަޅު ޓްރެކަށް ގެނައުމަށްޓަކައި، އެ ފުރުސަތުގެ ބޭނުންހިފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 
ގަތަރުގައި ކުޅެމުން އަންނަ މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު، އަލް ޑުހައިލް އަށް ކުޅޭ އިޓަލީގެ މާކޯ ވެރާޓީ އާއި ޕޮލެންޑްގެ ފޯވާޑް، ކްރިސްޓޮފް ޕިއަޓެކް، އަލް ރައްޔާން އަށް ކުޅޭ އަލެކްސަންޑަ މިޓްރޮވިޗް އަދި އަލް އަހްލީ އަށް ކުޅޭ ޖޫލިއަން ޑްރެކްސްލާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ