ރާއްޖެއިން މީގެ ކުރިން ފެނިފައި ނުވާ ސޫތްޕެއް ފީވަކުން ފެނިއްޖެ.

މީގެ ކުރިން ދުވަހަކުވެސް ރާއްޖެއިން ފެނިފައިނުވާ ސޫތްޕެއްކަމަށްވާ ސޫތްޕެއް ކަމަށްވާ އޮރިއެންޓަލް ފުރުޓް ފްލައި ފީވަކުންފެނިއްޖެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.
އެމިނިސްޓްރީން އިއްޔެ ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ ށ.ފީވަކުގައި ހައްދާ ތަރުކާރީއާއި މޭވާ އެހެން ރަށްރަށަށް ގެންދިއުމުގައި ސަމާލުވުމަށާއި، އެރަށުގައި އުފައްދާ އަނބާއި ޖަނބުރޯލުން އޮރިއެންޓަލް ފުރުޓް ފްލައި ފެނިފައިވާތީ މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ.
އެމިނިސްޓްރީން ބުނީ މިއީ ދަނޑުވެރިން އުފައްދާ މޭވާއާ ތަރުކާރީއަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މި ބާވަތުގެ ސޫފި މޭވާއަށް ކަށިޖެހުމަށްފަހު އޭގެ ބިސް މޭވާގެ އެތެރެއަށް ފޮނުވާކަމަށާއި އެބިހުން އުފެދޭ ފަނި ތައް މޭވާ ހަލާކު ކޮށްލާ ކަމަށް މިނިސްޓްރީގެ ޢިއުލާނުގައި ބުނެއެވެ.
އެހެންކަމުން އެ ބާވަތުގެ ސޫފީގެ ބިސް އެކުލެވޭ މޭވާއެއް ނުވަތަ ތަރުކާރީއެއް އެހެން ރަށަކަށް ގެންދެވިއްޖެ ނަމަ އެ ތަކެތި އާލާވުމުގެ ފުރުސަތު ބޮޑުވާނެތީވެ، ފީވަކުން އަނބާއި ޖަނބުރޯލު އެހެން ރަށަކަށް ގެންދާނަމަ ސާޅީސް އަށް ޑިގްރީސްގެ ހޫނު ފެނުގައި ފަސްދޮޅަސް މިނެޓު ބެހެއްޓުމަށް މިނިސްޓްރީން އިރުޝާދު ދެއެވެ.
މިއީ އިންސާނުންނަށް ނުރައްކާތެރި ބާވަތެއްގެ ސޫތްޕެއް ނޫންނަމަވެސް ގަސްގަހުގައި އަޅާ ގޮވާމުގެ ނުވަދިހަ އިންސައްތަ އާއި ސަތޭކަ އިންސައްތައާއި ދެމެދުން މިސޫފި ހަލާކުކޮށްލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ