އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރަށް
އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓާސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފައިނަލްގައި މަޖީދިއްޔާ ސްކޫލް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އިސްކަންދަރު ސްކޫލް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ފައިނަލް މެޗްގެ ދެ ވަނަ ހާފުގެ 10 ވަނަ މިނެޓްގައި އިސްކަންދަރަށް ލަނޑު ޖަހައިދިނީ މުޙައްމަދު ބަޝީރެވެ. މިޢުމުރު ފުރައިން ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މާލެ އަތޮޅު މަދަރުސާއެވެ. މިޢުމުރުފުރައިން އެންމެ މޮޅު 11 ކުޅުންތެރިން ހޮވާފައިވާއިރު އެކުޅުންތެރިންގެ ތެރޭގައި މަޖީދިއްޔާ ޓީމްގެ ހަތަރު ކުޅުންތެރިޔަކު ހިމެނެއެވެ. މިޢުމުރު ފުރައިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލްގެ ފޯވަޑް އިކްމާން އިބްރާހިމްއެވެ. އޭނާ ވަނީ މިމުބާރާތުގައި އަށް ގޯލް ޖަހާފައެވެ. އިކްމާން ވަނީ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލްގެ އަދުހަމް ޙުސައިންނެވެ. މިމުބާރާތުގެ 18 އަހަރުން ދަށުގެ ފައިނަލްގައި ގަލޮޅު މަދަރުސާއާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ އަންގާރަ ދުވަހު ހަވީރު ކުޅިވަރު އެކުވެނީގައި އޮންނަ ޓާފް ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ