ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ނުބެލެވޭ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ގޯސްވާނެ ކަމަށް ނުބެލެވޭ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު ބުނެފި އެވެ. އެ ސެންޓަރުން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުކޮށްފާނެ ކަމަށާއި ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ވައި ގަދަ ނުވާނެ ކަމަށް ބެލެވޭތީ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ ސެންޓަރުން މިއަދު ބުންޏެވެ. ކުރިއަށް އޮތީ އީދު ބަންދު ދުވަސްތައް ކަމަށްވުމާ އެކު ގިނަ ބަޔަކު މިހާރު ދަނީ އީދު ޗުއްޓީއަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިއުމަށް ދަތުރު ފަށަމުންނެވެ. އީދު ބަންދު ދުވަސްތަކާއި ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ލިބޭ ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރަކީ ރާއްޖެއަށް އާންމުކޮށް މޫސުން ގޯސްވާ ދުވަސްވަރުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ