އަންނަ ސެޕްޓެންބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސެކިއުރިޓި ޕްލޭންގެ ފުރަތަމަ މަރުހަލާ ނިމި އެ މަސައްކަތްތައް ޑިޕާޓްމަންޓްތަކާއި ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ފޯރަމްގައި ސެކިއުރިޓީ ޕްލޭން ހުށައެޅުއްވީ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.
ސައުދީ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު 26 ހުން ފެށިގެން ރާއްޖޭގެ ހާލަތު ބަލަމުން ދާކަމަށާއި ހާލަތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ އަމާންކަމާއި އެކު ރިޔާސީ އިންތިހާބެއް ބޭއްވުން، ދިވެހިރާއްޖޭގެ ވެއްޓަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލަކަށްވުން" ސައުދީ ވިދާޅުވި އެވެ.
މީގެ އިތުރުން ސައުދީ ވަނީ ފުލުހުންގެ ހުރި ވަޞީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދުމުގެ އިތުރުން އިންތިހާބާއި ގުޅިގެން ކުރިމަތިވެދާނެ ކޮންމެ ފަދަ ހާލަތަކަށް ފުލުހުން ތައްޔާރުވާނެ ގޮތްތަކަށް ދުރާލާ ކުރެވެން ހުރި ކަންތައްތައް ހިއްސާކޮށްފަ އެވެ/
މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ހުރިހާ ޑިޕާޓްމަންޓްތައް ގުޅިގެން މަސައްކަތްކުރައްވައި ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ވީހާވެސް އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ޕްލޭން މިއަދު ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ