ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމަށާއި މަޖުލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމަށް އެމްޑީޕީން ނިންމައިފި

މިއުސަމް އައްބާސް
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖުލިސް ހުޅުވާދުވަހު ރައީސސުލްޖުމްހޫރިއްޔާ އިއްވަން ޖެހޭ ރިޔާސީ ބަޔާން އިއްވިޔަނުދީ ހުރަސްއެޅުމަށާއި، މަޖުލީހުގެ ޖަލްސާތަކަށް ހުރަސްއެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫއްޕުން ނިންމައިފި އެވެ.
މިއަދު ހަވީރު އޮތް ސުލްހައިގެ ވާހަކަތަކަށްފަހު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫއްޕުން ބޭއްވި ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައިވަނީ ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެހެން ނަމަވެސް ހުރަސްއެޅުމުގެ ގޮތުން ކުރާނެ ކަންތައްތަކެއް ނިންމާފައެއް ނުވެއެވެ.
" އަޅުގަނޑުމެން އެވަގުތަކު ހާލަތު ތަންދޭ ގޮތަކުން ކުރަންޖެހޭ ކަންތައްތައް ކުރާނަން" އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫއްޕުގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެމްޑިޕީގެ ޕާލިމެންޓަރީ ގުރޫއްޕުގއަި މިހާރު ހިމެނެނީ 32 މެމްބަރުންނެވެ. އޭގެ ތެރެއިން 3 މެމްބަރަކު ފިޔަވާ އެހެން ހުރިހާ މެމްބަރުން މިވަގުތު މާލޭގއަި އެބަތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ