އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރަކު ހުވާކުރައްވައިފި

14:25އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން ހަ ބޭފުޅަކު ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި އެވެ.ރައީސުލްޖުހޫރިއްޔާގެ އޮފީހުގައި  ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ކުރިފުޅުމަތީގައި ފުރަތަމަ ހުވާކުރެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެވެ. އެއަށް ފަހު، އަބްދުﷲ ސައީދާއި، އަބްދުﷲ އަރީފާއި، އަލީ ހަމީދާއި، އާދަމް މުހަންމަދު އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ ހުވާކުރެއްވީ އެއްފަހަރާ އެވެ.އުއްތަމަ ފަނޑިޔާރަށް ހުވާލައްވައި ދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަބުލްޣަނީ އެވެ. އެއަށްފަހު އަނެއް ހަ ބޭފުޅުންނަށް ހުވާލައްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެވެ. ނަމަވެސް މުއައްތަސިމު އަދުނާނު ރަށުގައި ނޫޅުއްވާތީ ރޭ އޭނާ ހުވައެއް ނުކުރައްވަ އެވެ.އެބޭފުޅުން މިމަގާމުތަކަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވުމަށްފަހު، އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އިންޞާފް ހޯއްދަވައިދެއްވުމުގައި، މިވަގުތަށް އެންމެ އެކަށީގެންވަނީ އެބޭފުޅުން ކަމަށް ފެނިވަޑައިގަންނަވާތީއާއި، އަދި އެކަން ގަބޫލުފުޅު ކުރެއްވޭތީ، އެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވީ ކަމަށް ވިދާޅުވި އެވެ. އަދި މިނަންތައް މަޖިލީހުން ފާސްކޮށްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު ފާއިޒު ހުސައިން އައްޔަން ކުރެއްވުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވި ހަ ނަންފުޅު ފާސްކޮށްފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބޭފުޅުންގެ ނަންފުޅުތަކަށް އެއްފަހަރާ ވޯޓަށް އެއްސެވުމުން ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.  10:25ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް މިރޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ފިޔަވައި އަނެއް ހަ ބޭފުޅުން ފަނޑިޔާރު ކަމުގެ ހުވާކުރައްވައިފި އެވެ.ރައީސުލްޖުޖުހޫރިއްޔާގެ އޮފީހުގައި  މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ކުރިފުޅުމަތީގައި ފުރަތަމަ ހުވާކުރެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނެވެ. އެ އަށް ފަހު، އަބްދުﷲ ސައީދާއި އަބްދުﷲ އަރީފާއި އަލީ ހަމީދާއި އާދަމް މުހަންމަދާއި ޑރ. އަހުމަދު އަބްދުﷲ ދީދީ ހުވާކުރެއްވީ އެއްފަހަރާ އެވެ.އުއްތަމަ ފަނޑިޔާރަށް ހުވާލައްވައި ދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަބުލްޣަނީ އެވެ. އެ އަށް ފަހު އަނެއް ހަ ބޭފުޅުންނަށް ހުވާލައްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނެވެ.މުއައްތަސިމު އަދުނާނު ރަށުގައި ނޫޅުއްވާތީ މިރޭ އޭނާ ހުވައެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ