އީސީސީގެ ކަރަންޓް ބިލްތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ: އެސްޔޫއެލް
ސަތާރަ ވަނަ ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހުޅުވައި ބޭނުން ކުރަން ފެށި ފަހުން މިހާތަނަށް އެތަނުގެ އެއްވެސް ކަރަންޓް ބިލަކަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި އެތަނުގެ ކަރަންޓް ބިލްތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނެފި އެވެ. ފެނަކައިގެ ދަށުން މިހާރު އައްޑު އަށް ކަރަންޓް ދެމުން އަންނަ އެސްޔޫއެލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހޭރު (އަބްހަރީ) "ހަވީރަ"ށް ވިދާޅުވީ 2011 ވަނަ އަހަރު ބޭނުންކުރަން ފެށި އީސީސީގެ ބިލްތަކުގެ މައްސަލަ ފެނަކައިގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. "އަޅުގަނޑުމެން މި އަންނަނީ އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން. އެގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސަތާކަށް މިކަން ހުށަހަޅައި، ކަރަންޓް ބިލަށްވާ ފައިސާ ހޯދުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ،" ހައުސިން މިނިސްޓްރީގެ ދަށުގައި ހުރި އީސީސީއާ ބެހޭގޮތުން ޒުހޭރު ވިދާޅުވި އެވެ. "އެހެން ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވޭ." ަައޭނާ ވިދާޅުވީ ކަރަންޓް ބިލް ނުދެއްކި ނަމަވެސް އީސީސީން މިހާތަނަށް ކަރަންޓް ކަނޑާލާފައި ނުވާނެ ކަމަށެވެ. އީސީސީގެ ކަރަންޓް ބިލް ނުދައްކާ އިރު އެކިއެކި ބޭނުންތަކަށް އެތަން ހައުސިން މިނިސްޓްރީން ކުއްޔަށް ދޭކަން ފާހަގަ ކުރެވެ އެވެ. "ބޮޑު އިމާރާތެއްވީމަ އެތަނުގެ ސެކިއުރިޓީ ފަދަ ކަންކަމަށް ވިސްނާފައި އަޅުގަނޑުމެން ކަރަންޓް ނުކަނޑާ މި ތިބެނީ. އަނެއްކާ އެކި ކަހަލަ ހަރަކާތްތައް ވެސް އެތަނުގައި އެބަ ބާއްވާ،" ޒުހޭރު ވިދާޅުވި އެވެ. "ވީހާ ވެސް މަދުން އެތަނަށް ކަރަންޓް ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ." ަައެސްޔޫއެލް އަށް ކަރަންޓް ބިލްގެ ގޮތުގައި މިލިއަނުން ރުފިޔާ ލިބެން ޖެހޭ އިރު، ކުންފުންޏަށް ދިމާވެފައިވާ ފައިސާގެ ތާށިކަމާ ހުރެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ