އަބުދުﷲ ޝާހިދު ވޯޓުން ސަލާމަތްވީ މައުމޫނަށް ސަލާން ޖަހައިގެން: މެމްބަރު ސަމީރު

މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ގެ މައްޗަށް މިއަދު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ސަލށާމަތްވެވަޑައިގަތީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ސަލާން ޖަހައިގެން ކަމަށް ދިއްދޫ ދައިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ، މިއަދުގެ ވޯޓުން ވަރަށް ގިނަ ކަންތައްތަކެއް ސާފު ވެގެން ހިގައްޖެ ކަމަށެވެ. އެގޮތުން ޖީއެމްއާރ މައްސަލައައި، ޕިއްލޭ މައްސަލަ އަދި އެފަދަ އެހެން މައްސަލަތަކުގައި މީގެ ކުރިން އަބުދުﷲ ޝާހިދާ މެދު ސުވާލު އުފައްދާފައިވާ މެމްބަރުން މަޖިލީހުގައި މިއަދު ވޯޓުދިން ގޮތުން އެބޭފުޅުންގެ އިހްލާސްތެރިކަން ވަރަށް ރަނގަޅަށް ދޭހަވެގެން ދިޔަ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މިއަދުގެ ވޯޓުން ޝާހިދަށް ސަލާމަތްވެވުނީ މައުމޫނުގެ ރުހުން ލިބިވަޑައިގެންނެވުމުން ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ރިޔާސަތުގެ ނިންމުންތައް ސުވާލު މާކެއްގެ ތެރޭގައި އޮތް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. ސަމީރުވަނީ ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ މެމްބަރުންނަށް އަބުދުﷲ ޝާހިދުގެ ފަރާތުން މަޖިލީހުގައި ދޫދިނުންތައް އަންނާނެ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ