ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބުރާހީމާއި އުމަރު ނަސީރު ރޭ ދަންވަރު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުން އޮތީ 00:45 އެހާކަށްހާއިރު ރައީސް ވަހީދުގެ ރަސްމީ ގެކޮޅު ހިލާލީގޭގައެވެ.
ބައްދަލުވުމާއި ބެހޭ ގޮތުން ގާސިމައި އުމަރު ނަސީރު ވެސް އަދި އެއްވެސް އެއްޗެއް މީޑިއާގައި ހާމަ ކުރައްވާފައެއް ނުވެއެވެ. އުމަރު ނަސީރުވަނީ މީގެ ކުރިން ވެސް ރައީސް ވަހީދާއި ބައްދަލު ކުރައްވާފައެވެ. އެރޭ ސީއެންއެމަށް އުމަރު ވިދާޅުވީ ވަހީދާއި އޭނާއަކީ ވަރަށް ގާތް ރަހުމަތްތެރިން ކަމަށެވެ.
ޕްރައިމަރީއަށްފަހު ވަރަށް ފާޅުކަން ބޮޑު ގޮތަކަށް އުމަރު ނަސީރު ރައީސް ވަހީދާއި ގުޅުން ބަދަހި ކުރައްވަމުން ގެންދަވާ އިރު، ސަރުކާރު ހިމާޔަތް ކުރަމުންދާ ކަމަށް ބުނާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުންވަނީ ރައީސް ވަހީދާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.
އުމަރުވަނީ އޭނާ ވާދަ ނުކުރި ނަމަވެސް އިންތިހާބުގައި އޭނާގެ ސަޕޯޓަރުން ވޯޓުލާންވީ މީހާ ނެރެ ދައްކާނެ ކަމަށް ވިދާޅުވެފައެވެ.
ގާސިމާއި އުމަރު ރައީސް ވަހީދާއި ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ