އަރަބިއްޔާ ސްކޫލް، އިމާރާތްކޮށްދެއްވާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާ ވާހަކަފުޅަށް އިތުބާރެއް ނުކުރެވޭ: ޕީއޭ

19:00އަރަބިއްޔާ ސްކޫލް، އިމާރާތްކޮށްދެއްވާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާ ވާހަކަފުޅަށް އިތުބާރު ނުކުރެވޭ ކަމަށް އިދިކޮޅު ޕީއޭ އިން ބުނެފި އެވެ.ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް ހިދުމަތެއްދޭން ފަށަނީ އެ ކަމެއް ސިޔާސީ ޕްލެޓްފޯމަށް ގެނަސްގެން ސަރުކާރަށް ޕްރެޝަރުކޮށް މިނިސްޓަރުންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން ކަމަށެވެ. އެގޮތުން އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވެފައި ވަނީ ވެސް އެގޮތުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް އެ ސްކޫލް އެއްއަހަރު ދުވަހުގެ ތެރޭގައި އިމާރާތް ކޮށްދެއްވާނެ ކަމަށް ޑރ. މުސްތަފާ ލުތުފީ ވިދާޅުވާއިރު އެ ޕްރޮޖެކްޓްގެ އެއްވެސް ކަމެއް ފެށިފައިނުވާ ކަމަށާއި، އެކަމަށް ބޭނުންވާ ފަންޑު ލިބިފައިނުވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.މިދިޔަ ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ، ބާވެފައިވާ އަރަބިއްޔާ ސްކޫލް ތަޅާލައި، ވަރަށް އަވަހަށް އެތަނުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެތަނުގައި އާ އިމާރާތެއް އެޅުމަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަދި ގާތްގަނޑަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އަޅާ ނިމޭނެ ކަމަށް ވެސް ޑރ. މުސްތޮފާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ