އޭސީސީއަކީ ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން: ޑރ މުހައްމަދު އަލީ

މެލޭޝިއާގެ ނެކްސްބިޒްއިން ރާއްޖޭގައި ގާއިމް ކުރަމުން އައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ހުއްޓާލުމަށް އިއްޔެ ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ ޑރ މުހަންމަދު އަލީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވަރަށްބޮނޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ކޮންޓްރޮލަރ ވިދާޅުވީ ދިވެހި ރާއްޖެއަށާއި ދިވެހިންނަށް ހެޔޮ އެދޭ އެއްވެސް ފަރާތްކުން ބޯޑަރ ކޮންޓްރޯލްގެ މަސައްކަތް ބޮޑު ބައެއް ނިމިފައި އޮށްވައި ހުއްޓުވަން ނޫޅޭނެ ކަމަށެވެ.
"އަޅުގަނޑު ހަނދާންވާގޮތުގައި 2008 ގައި އޭރުގެ މާލޭ މުނިސިޕަލްޓީން ކުނިއުފުލަ އިންޑޮނޭޝިއާއިން ގެނައި ހަ މިލިޔަން ޑޮލަރުގެ އަގުބޮޑު އުފުއްޔެއްގެ މައްސަލާގައި ކޮރަޕްޝަންގެ އަމަލަކަށް ތުހުމަތުކޮށް އޭސީސީން އެވަނީ އެއުފުލި ހުއްޓުވާފަ، އަދިއަދައްވެސް ތިލަފުށި އޮވެ ދަބަރައްވެގެން އެއޮށްދަނީ، މީ ސަރުކާރައް ލިބޭ ކިހާބޮޑު ގެއްލުމެއްތޯ" ކޮންޓްރޯލަރ ވިދާޅުވިއެވެ.
ކޮންޓްރޯލަރ ވިދާޅުވީ އޭސީސީން ބޯޑަރ ކޮންޓްރޮލް ސިސްޓަމް ފަހަތުން އެމައްސަލަ ކޯޓައް ވައްދަ ވައްދާ އުޅޭއިރު އިތުރު މައްސަލަތަށް ނުބަލައި ހުރުމުން ސުވާލު އުފެދޭ ކަމަށެވެ.
ރާއްޖޭގައި ދުނިއޭގެ ފެންވަރުގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް އޮތުން މުހިންމުކަމަށާއި، އެކަމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި ވަނިކޮން ހުއްޓުވުމުން އިމިގްރޭޝަނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، މިކަމުގައި އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ވާނަމަ މިކަން ނުހުއްޓުވައި ބެލޭނެ ކަމަށްވެސް ކޮންޓްރޯލަރ ވިދާޅުވިއެވެ.
"މިހާރުވެސް އެވަނީ އޭސީސީން ބޯޑަރ ކޮންޓްރޯލް ސިސްޓަމް މަސައްކަތުން ފާހަގަ ކުރެވުނު 11 ކަމެއް ޕީޖީއަށް ހުށައަޅައިފަ، އަޅުގަނޑު އެކަންކަން ބެލުމަށް ފުރިހަމ އެއްބާރުލުން ދޭނަން، އެކަމަށް އަޅުގަނޑު ތާއީދުވެސް ކުރަން، ހަމަ ޔަގީން މިކަންނުބެލުމަށް ރައީސްވެސް އެއްބާރުލުން ދެއްވާނެ" ކޮންޓްރޯލަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ