މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ހއ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމުގައި ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓްރޮލޮޖިކަލް ސެންޓަރުން ހުދު ސަމާލު (ވައިޓް އެލާޓު) ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ވައިޓް އެލާޓު ނެރެފައިވަނީ މުޅި ދިވެހިރާއްޖެއަށެވެ.
މިއަދު ހެނދުނު 9.15 އިން ފެށިގެން މެންދުރުފަހު 1.00 އާ ހަމައަށް ވައިޓް އެލާޓު ދަމަހައްޓާނެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މި ވަގުތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުން ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމުގައިވެސް އެ އިދާރާއިން ބުންޏެވެ.
ފާއިތުވި 24 ގަޑިއިރުގައި އެންމެ ބޯކޮށް ވިއްސާރަކޮށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ ކެލައަށެވެ.
މި ދުވަސްކޮޅު ބޯކޮށް ވިއްސާރަކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އެއްވެސް ރަށަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައި ނެތް ކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން ބުނެފައިވެއެވެ. މި ދުވަސްވަރަކީ އިރުވައި މޫސުމުގެ ފުރަހަޅަ ނަކަތުގެ ފަހު ދުވަސްތަކެވެ. ކުރިއަށް އޮތީ އުދައިގެ ނަކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ