ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާ ސަފީރާއި ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ހޮންގް އާއި ބައްދަލުކުރައްވައިފިއެވެ.މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޗައިނާ ސަފީރު ޖަންގް ވިދާޅުވީ، ދެ ގައުމުން ޝައުގުވެރިވާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ބައްދަލުކުރެވުމުން އުފާވާ ކަމަށެވެ. އަދި މި އަހަރުވެސް ދެ ގައުމުގެ ގުޅިގެން ދެ ގައުމަށްވެސް ފައިދާވާނެ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ގާތް ގުޅުމެއް އޮންނައިރު ކޮވިޑް-19 ގެ ހާލަތުގައި ވެސް އެގައުމުގެ ސަރުކާރުންނާއި އަދި އެގައުމުގެ ބައެއް ކުންފުނިތަކުން ވަނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ހުއްޓިފައިވާ ޗައިނާ-ރާއްޖޭގެ ވައިގެ ދަތުރުތައް އަލުން ފެށުމަށް ވެސް ދާދިފަހުން ވަނީ މަޝްވަރާކޮށްފައެވެ.ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް މަންޒިލެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އާއި ރާއްޖެއާއި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް މަޝްރަހުދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމް ކުރުމުގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ޗައިނާގެ އެހީއާއި ލޯނުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ