ގޭތެރޭގައި ހުރި ތަކެއްޗަށް ސަލާމަތާއި ރައްކާތެރިކަން މުހިންމު ގޭތެރޭގައި ހުރި ތަކެއްޗަށް ސަލާމަތާއި ރައްކާތެރިކަން މުހިންމު

މާލޭގައި ގިނަ މީހުން ދިރިއުޅެނީ ކުއްޔަށް ހިފާފައި ހުންނަ އެޕާޓްމަންޓުތަކުގަ އެވެ. ގިނަ ފަހަރަށް އެތަންތަނަށް ބޭނުންވާ ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަކީ އަގުބޮޑުކޮށް އަމިއްލަ ހަރަދުގައި ހޯދާ ތަކެއްޗެވެ. ޓީވީ އާއި އެނދުން ފެށިގެން އެއާ ކޮންޑިޝަނާ ހިސާބަށް ގިނަފަހަރު ގަންނަނީ އަމިއްލައަށެވެ.
އަލިފާނުގެ ހާދިސާއެއް، ނުވަތަ ގުދުރަތީ ކާރިސާއަކުން ގޭގައި ހުންނަ ތަކެއްޗަށް ލިބޭ ގެއްލުމަކީ ކޮންމެ މީހަކަށް ވެސް މާލީ ބޮޑު ބުރައަކަށް ވާނެ އެވެ. ނަމަވެސް އެލައިޑް ތަކާފުލްގެ ހިޔާވަހި ތަކާފުލް ޕްލޭން ވުޖޫދަށް ގެނައީ ގޭގައި ހުންނަ ގެންގުޅޭ ތަކެއްޗަށް ދިމާވެދާނެ ގެއްލުމަކުން ކުރިމަތިވާ މާލީ ބުރައިން ސަލާމަތްވުމަށެވެ.
ހިޔާވަހި ތަކާފުލް އަކީ ފުޅާ ދާއިރާއެއްގައި ގޭތެރޭގައި ގެންގުޅޭ އަމިއްލަ ހަރުމުދަލުގެ ރައްކަލެވެ. އެ ޕްލޭން ނަގާފައިވާނަމަ އެއީ ކަމެއް ދިމާވާ ފަހަރަކުން ފިކުރުކުރުމުގެ ބުރައިން ސަލާމަތްކޮށްދޭ ކަމެކެވެ.
ހިޔާވެހި ތަކާފުލްގައި ހިމެނޭ ހުރިހާ ޕްލޭނަކުން ވެސް އެކި ލިމިޓުތަކުގައި ގޭތެރޭގެ އެކިއެކި ސާމާނަށް ކަވަރޭޖު ލިބެ އެވެ. އެއީ އެއާކޮންޑިޝަނަރާއި، އެނދާއި، ގޮދަނޑިއާއި، ކަބަޑުސެޓާއި، ޓީވީއާއި، ސޯފާސެޓާއި، ގޮނޑި މޭޒު އަދި މައިކްރޮވޭވާއި، އަވަނާއި، ފްރިޖާއި، އުނދުނާއި، ރޭންޖްހުޑު ހިމެނޭހެން އެކިއެކި ސާމާނަށެވެ.
ކޮންމެ ޕްލޭނެއްގައި މިއިން ކޮންމެ މުދަލަކަށް ތަފާތު ލިމިޓެއް ކަނޑައަޅާފައިވެ އެވެ. ތިމާގެ ގޭގައި ހުރި ތަކެތީގެ އަގަށް ބަލައިގެން އެންމެ އެކަށޭނަ ޕްލޭނެއް ހިޔާރު ކުރެވޭނެ އެވެ. އެލައިޑް ތަކާފުލްގެ ހިޔާވަހި ތަކާފުލްއަކީ އަގުހެޔޮ ޕްލޭންތަކެކެވެ. އަހަރަކު އެންމެ 200ރ. އިން ފެށިގެން 600ރ. އާ ހަމައަށް ކޮންޓްރިބިއުޝަނެއް ދައްކާލައިގެން އެ ހުރިހާ ފައިދާއެއް ލިބިދާނެ އެވެ.
ހިޔާވަހި ތަކާފުލް ޕްލޭންގެ ދަށުން ރައްކާތެރިކަން ލިބޭ ހާދިސާތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތައް، ހޮނުއެޅުމާއި ވިއްސާރަ އަދި ފެންބޮޑުވުން ފަދަ ކަންކަމާއި އިމާރާތުގެ ފެންހޮޅިއެއް ހަލާކުވެގެން ކުރިމަތިވާ ކަންކަން، ނުވަތަ ވައްކަން ކޮށްގެން ލިބޭ ގެއްލުންތައް ހިމެނެ އެވެ.
ނަމަވެސް އެ ޕްލޭނުގެ ދަށުން ގަސްދުގައި ދޭ ގެއްލުން، ފައިސާ އާއި އެކިއެކި ލިޔެކިޔުންތައް، އަދި ގެދޮރުގެ ސްޓްރަކްޗާ ނުވަތަ އޮނިގަނޑު ފަދަ ކަންކަން ނުހިމެނެ އެވެ.
ހިޔާވަހި ތަކާފުލްއަކީ މުޅި ގޭތެރޭގެ ރައްކާތެރިކަމެވެ. ގެއެއް ގެއަކަށް ހަދައިދެނީ ފުރާޅާއި ހަތަރު ފާރުގެ އިތުރުން ވެސް އެކިއެކި ސާމާނު ހުރެގެންނެވެ. އެއީ އެ ސާމާނުގެ ރައްކާތެރިކަމެވެ.
އެލައިޑްގެ މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް މި ޕްލޭން އޮންލައިންކޮށް ނެންގެވޭނެ އެވެ. އިތުރު މައުލޫމާތު އެލައިޑް ތަކާފުލްގެ ވެބްސައިޓުން ބައްލަވާލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ