ސީއެސްސީގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޝަހީދު މަގާމުން ވަކިކުރަން ހުށަހަޅައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނާއިބު ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކި ކުރުމަށް ހުށަހަޅައިފިއެވެ.
ޝަހީދު މަގާމުން ވަކިކުރަން ހުށަހެޅީ މިއަދު އޮތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲއެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ޝަހީދު ބައެއް މުވައްޒަފުންގެ ޙައްގަށް އަރައިގެންފައިވާތީ އެކަމާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާތަކާއި ގުޅިގެންނެވެ.
ޝަހީދުގެ އިތުރުން އެ ކޮމިޝަންގެ މެންބަރުންވެސް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. ކޮމިޝަންގެ މެންބަރުން ހާޒިރު ކުރުމަން ނިންމީ އެ ކޮމިޝަނުން ދާދިފަހުން އިއުލާންކުރި ވަޒީފާއަކަށް މީހަކު ނެގުމުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަށެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން މާދަމާ ހެނދުނު 11:30ގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.
ސީއެސްސީގައި ހިމެނެނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާއާ އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުޞައިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ