އެމެރިކާގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެންމެ މުހިންމު އެއް ރެއިލްވޭ ސްޓޭޝަން ކަމަށްވާ ނިއު ޔޯކްގެ ގްރާންޑް ސެންޓްރަލް ރެއިލްވޭ ސްޓޭޝަނުން ގިނަ އިރުތަކަކަށް ކަރަންޓް ކެނޑިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް މިސްޓޭޝަނުން ކަރަންޓް ކެނޑުނެވެ.
ކަރަންޓް ކެނޑެން ދިމާވީ ސްޓޭޝަނުގެ ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން ހިނގި ހާދިސާއެއްގެ ސަބަބުންނެވެ.
ކަރަންޓް ކެނޑުނު ނަމަވެސް ސްޓޭޝަން ބަންދުކޮށްފައެއް ނުވެއެވެ. އަދި ރޭލް ދަތުރުތައް ވެސް ވަނީ ހުއްޓައިނުލައި ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ބައެއް ރޭލް ތަކުގެ ދަތުރުތައް ކޮންމެވެސް ވަރަކަށް ޑިލޭ ވިއެވެ.
ކަރަންޓް ކެނޑުނު ނަމަވެސް ސްޓޭޝަން ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގައި އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސްޓޭޝަނުން ކަރަންޓް ދިއުމުން ބައެއް މީހުން ވަނީ މަދުން ނޫނީ ދިމާނުވާނެ ވަގުތުކޮޅުގެ ބޭނުން ކޮށް ސެލްފީތައް ނަގާ ސެލްފީތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އެމެރިކާގެ އެންމެ މުހިންމު އެއް ރެއިލްވޭ ސްޓޭޝަނުން ގިނަ އިރުތަކަކަށް ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ