ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިއްޖެ

ނ.ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިމަހުގެ ދެވަނަ ދުވަހު ނިންމާލައިފިއެވެ.
މިމަޝްރޫޢުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުން ހިމެނެއެވެ.
މީގެ އިތުރުން 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓެކްޓައިލްސް ޖެހުން ހިމެނެއެވެ.
ދައުލަތުން ޚަރަދުކޮށްގެން ހިންގާ މިމަޝްރޫޢުގެ އަގަކީ 5 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ