ފާއިތުވި ދެ ދުވަހު އެއާޕޯޓުން ރިސޯޓްތަކަށް ކުރަން ހަމަޖެހިފައިވާ ބައެއް ސީޕްލޭން ދަތުރުތަކާއި ލޯންޗް ދަތުރުތައް ކެންސަލްވި ނަމަވެސް މިއަދު އަލުން އެދަތުރުތައް ފަށައިފި އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައި ބާރުވެ ކަނޑުތައް ގަދަވުމާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބައެެއް ދަތުރު ތަކަށްވެސް އިއްޔެ ވަނީ ބުރޫ އަރާފައެވެ. އެގޮތުން ބައެއް ސީ ޕްލޭން ދަތުރުތަކާއި އެތެރޭގެ އުދުންތަކަށްވެސް ބުރޫ އެރިއެވެ.
އެހެންނަމަވެސް މިއަދު ސީޕްލޭންގެ އެއްވެސް ދަތުރެއް ކެންސަލް ކުރަން ނުޖެހޭ ކަމަށާއި، މޯލްޑިވިއަންގެ ޕްލައިޓްތައްވެސް ހަމަޖެހިފައިވާ ސެޑިއުލްއާއި އެއްގޮތަށް ދަތުރު ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ މިއަދު މޫސުމާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތަކަށް އެއްވެސް ބޫރޫއެއް އަރާފައި ނުވާކަމަށެވެ. "އޭޓީސީން އަންގާނެ ދަތުރު ނުކުރެވެއްޏާ، މިއަދު ރަނގަޅު، އަންގާފައެއް ނެތް ދަތުރު ނުކުރެވޭނެ ކަމަކަށް" ނަޝާތު ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ވަނީ ބުރޫ އަރާފައެވެ. އެގޮތުން އިއްޔެ ޔެލޯ އެލާޓް ނެރުނު ސަރައްދުގައި ހިމެނޭ ހދ ހަނިމާދޫއަށް އެއަރޕޯޓަށް ޝެޑިއުލް ކުރެވިފައިވާ 3 ދަތުރު ކެންސަލު ކުރުމަށްފަހު ހަނިމާދޫ އެއަރޕޯޓަށް ފުރަން ހަމަޖެހިފައިވާ ޕްލައިޓްތަކުގެ ދަތުރުތައް ރޭގެ ވަގުތެއްގައި ވަނީ ފަށާފައެވެ.
ފާއިތުވި ދެ ދުވަހުގެ ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭވެރި ކަނޑުތައް އާދަޔާ ހިލާފަށް ގަދަވުމުގެ ސަބަބުން ސީޕްލޭންގެ ދަތުރުތަކާއި ލޯންޗް ދަތުރުތަކަށްވެސް ބުރޫ އެރިއެވެ. ސީޕްލޭންގެ ދަތުރުތަކަށް ބުރޫ އަރާފައިވާތީ އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓަށް ޖެއްސި ގިނަ ފްލައިޓުތަކުގައި އައި ފަތުރުވެރިން ތިބީ ރިސޯޓުތަކަށް ނުދެވި ހުޅުލެއާއި، ހުޅުމާލެ އަދި މާލޭގެ ގެސްޓް ހައުސްތަކުގަ އެވެ.
ނޮވެމްބަރުން ފެށިގެން ފެބުރުއާރީ ދެމެދު ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. މި ދުވަސްވަރަކީ ދުނިޔޭގެ ބޮޑު ބަޔަކަށް ފިނި މޫސުން ކަމަށްވާއިރު ޔޫރަޕްގެ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރަނީ މި މޫސުމާ ދިމާކޮށެވެ. އަދި މި ދުވަސްވަރަކީ ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރުމަށްވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ދުވަސްވަރެވެ.
މޫސުން ގޯސްވެ ވަގުތީ ގޮތުން މެދުކަނޑާލި ސީޕުލޭންގެ ދަތުރުތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ